Wednesday, February 6, 2008

ސިޔާސީ ޕާޓީތައް އުވާލަން ތިންފަހަރެއްގެ މަތިން ގޮޅާބޯ ހުށަހެޅ ޑރ.ހަސަން ސައީދުި

ދިވެހިރާއްޖޭގައި އުފެދިފައިވާ ސިޔާސީ ޕާޓީތައް އުވާލައި ޕާޓީ ސިސްޓަމް އުވާލުމަށް ގޮޅާބޯ ތިންފަހަރެއްގެ މަތިން މަސައްކަތްކޮށްފައިވާ ކަމަށާއި، އެތިންފަހަރުވެސް އެކަމާ ދެކޮޅު ހަދާފައިވާ ކަމަށް ކުރީގެ އެޓަރނީ ޖެނެރަލް ޑރ.ހަސަން ސައީދު ހާމަކޮށްފިއެވެ. ގޮޅާބޯ އަށް އެކަން ކުރަން ނުކެރުނީ އެކަންކޮށްފިނަމަ ނިއުމޯލްޑިވްސް މިނިސްޓަރުން ކެބިނެޓުން އިސްތިއުފާ ދޭނެ ކަމުގެ އިންޒާރު ދިނުމުންނެވެ. އަދި އެމްޑީޕީގެ މައްޗަށް ޓެރަރިޒަމްގެ ދަޢުވާ ކޮށްދިނުމަށާއި އޭރުން ފިޔަވަޅު އަޅާނެކަމަށް ސޭކުރަޝީދުވެސް ހަސަން ސައީދަށް ހުށަހަޅާފައިވެއެވެ. މީގެ އިތުރުން އެމްޑީޕީން އިނގިރޭސި ވިލާތުގެ ކޮންޒަވޭޓިވް ޕާޓީއާ ބާއްވާ ގުޅުން އެއީ ސަރުކާރު ވައްޓާލަން ހިންގާ ކަމެއްގެ ގޮތުގައި ސިފަކޮށް އެމައްސަލާގައި އެމްޑީޕީގެ މައްޗަށް ފިޔަވަޅު އަޅައިދިނުމަށް، ކޮމިޝަނަރ އޮފް ޕޮލިސް ވަވަތި އާދަން ޒާހިރު، އިލެކްޝަން ކޮމިޝަނަރު ކދ.އަށް ފޮނުވާފައިވާ ސިޓީއަކާ ގުޅޭ ޤާނޫނީ ލަފާ ހޯދުމަށް އެޓާރނީ ޖެނެރަލް ކަމުގައި ހުރި އިރު ޑރ.ހަސަނަށް ހުށަހަޅާފައިވެއެވެ. ގޮޅާބޯގެ ހުރި ހިޔަޅުކަން ނިކަން ދެކެބަލާށެވެ. ގޮޅާބޯއަށް ގޮޅާބޯ ކިޔަނީ ހަމަކިޔަންވެގެންނެވެ.

No comments: