Tuesday, February 5, 2008

ގޮޅާބޯގެ ވަގު ކެމްޕޭން މެނޭޖަރަކަށް ހަވީރުނޫހުގެ ޗެއަރމަން ހަމަޖައްސައިފ

ދެދައުރު ވެރިކަން ކޮށްފައިވާ މީހަކަށް ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމު އަދާނުކުރެވޭނެކަމަށް ރައްޔިތުންގެ ޚާއްސަ މަޖިލީހުން ފާސްކޮށްފައިވީނަމަވެސް، ގޮޅާބޯ ދަނީ ވެރިކަމުން ނުފައިބާން ގަދަދައްކަމުންނެވެ. ކޮންމެ ގޮތެއްހަދާފައިވިޔަސް އިންތިޚާބުގައި ވާދަކުރާން ގޮޅާބޯ ދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން މިހާރު ވަނީ ކެމްޕޭން ކުރުމަށް ވަގު ކޮމިޓީއެއްވެސް ހަދާފައެވެ. މިކޮމިޓީގެ މުޤައްރިރަކީ ހަވީރުނޫހުގެ ޗެއަރމަން ޑރ. މުޙައްމަދު ޒާހިރު ހުސައިނެވެ. މިކޮމިޓީގައި އުމަރު ޒާހިރާއި، އަބްދުއްރަޝީދު ހުސައިންވެސް ހިމެނެއެވެ. މިކޮމިޓީއަށް އަބްދުﷲ ހަމީދު ހިމަނާފައިނުވަނީ މިހާރު އާއިލާ މީހުންނަށް އިތުބާރު ނުކުރެވޭތީއެވެ! މިހިރީ ގޮޅާގެ ކަންތައްހުރި ވަރެވެ. އެއްކަލަ މިސުރު ގުރޫޕު އެއްކޮށްގެން ފަންޑިތަ ހަދަން ފެށީއެވެ. މިހާރު ވަގު ކެމްޕޭން މެނޭޖަރު ޒާހިރުގެ ހަވީރު ނޫހުން ވަނީ ގޮޅާބޯ ޕްރޮމޯޓްކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ އިތުރުން އިދިކޮޅު ހަރަކާތްތަކުގެ ވާހަކަ ހަވީރުގައި ޖެހުން ވަނީ ހުއްޓާލާފައެވެ. މިސާލަކަށް އުތުރާއި ދެކުނަށް އިއްތިހާދުންކުރި ދަތުރުތަކުގެ އެއްވެސް ހަބަރެއް ހަވީރު ނޫހަކު ނުޖަހައެވެ. ޒާހިރު ހުސޭނަށް ހީވަނީ ހަވީރުން ގޮޅާބޯއާ އިދިކޮޅަށް އެއްޗެއް ޖަހައިފިއްޔާ ހަވީރު ހިންގަން ދީފައި އެހުރިބިން އަތުލާ، ޒާހިރު ހުސޭނު ބަނގުރޫޓު އަރުވާލާނޭ ކަމަށެވެ. ބަލަގަ ޒާހިރޫއެވެ! ތިޔަ ބިމަކީ ކާމިނީގޭ ރިސްވަތުކާ ބޮޑު ސީދީގެ ތަރިކަ ބިމެއްނޫނެވެ.

No comments: