
އެމްޑީޕީ އައްޑޫދާއިރާގެ އިސްތިއުފާ ގޮފީގެ (ސ.ފޭދޫ) ރައީސް އަދި މިނިވަން ނޫހުގެ ފޮޓޮގްރާފާރ މުޙައްމަދު ސައީދު(ދަގަނޑާ) 1 މޭ 2007 ގައި އައްޑޫ ފުލުހުން ހައްޔަރު ކޮއްގެން ތަހުގީގަށް މާލެ ގެންގޮއްސިއެވެ.
ދަގަނޑާ ހައްޔަރު ކުރިކަމަށް ބެލެވެނީ ދާދި ފަހުން އައްޑޫގައި ހިނގި ހަމަނުޖެހުންތަކެއް ފޮޓޯ ނަގަން އުޅެނިކޮށް ބަޔަކު ކުރި ރިޕޯޓަކަށް އެކަމުގައި އަމަލީ ގޮތުން ބައިވެރިވިކަމުގެ ތުހުމަތުގައެވެ. ދަގަނޑާގެ ވަކީލު މިހާރު ހަމަޖެހިފައިވާކަމަށް އާއިލެގެ ފަރާތުން މައުލޫމާތު ދިން ފަރާތުން ހާމަ ކުރެއްވިއެވެ.
ސ.ހިތަދޫ ނާޒުކީގޭ ސަލާހު ހައްޔަރުކޮއްގެން އައްޑޫން މާލެއަށް ތަހުގީގަށް ގެންގޮސް މަރާލިފަހުން މިފަދަ ތަހުގީގުތަކަށް ގެންދާ މީހުން ދިރިތިއްބާ ފެންނާނެކަމުގެ ސުވާލުއުފެދެއެވެ. އައްޑޫގެ ގިނަ މީހުން މިހާރު ބުނަމުން ދަނީ ދެން މަރުވެފައި އޮތްވާ ފެންނީ ދަގޭގެ ހަށިގަނޑު ކަމަށެވެ.
1 comment:
Golha Boa...Loan star...Dagey aa nubeheyti..mifaharu dagey ah ithuru gotheh hadaafiyaa varah kanthah goas vaane...golha boa aa dekolhah hathiyaaru ves ufulan ves jehidaane...hadaan kuraathi...
Post a Comment